ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމާއި ގުޅޭގޮތުން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މުވައްޒަފުން ހޭލުންތެރިކުރަން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އާރްޑީސީން މިއަދު ބުނީ އެއީ ޖެންޑާ މިނިސްޓްރީއާއި އާރްޑީސީ އާ ދެމެދު ހެދިފައިވާ އެމްއޯޔޫއެއްގެ ދަށުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އިންޓާންޝިޕްގެ ބައެއް ކަމަށެވެ.
އެގޮތުން އެ ސެޝަން ކުރިއަށްގެންގޮސްފައި ވަނީ އާރްޑީސީން އެ ކުދިން ނެގި ޑިޕާޓްމަންޓްތަކުގެ ސީނިއާ ސްޓާފުންނަށް ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިއަދު ކުރިއަށް ދިޔައީ އެފަދަ ކުދިންނަށް ސަޕޯޓިވްކޮށް އެހީތެިރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި އޮފީސް މާހައުލުގައި އެ ކުދިންނަށް އެހީވާނެ ގޮތްތަކާއި ބެހޭ އެވެއާނަސް ސެޝަނެއް ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.



