ދެމެހެއްޓެނިވި ތަރައްޤީ ހާސިލް ކުރަން ދުޅަހެޔޮ ކަނޑުތަކެއް ނުހަނު މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވޮދާޅުވީ، ފައިނޭންސިންގ ފޯރ ޑިވެލޮޕްމަންޓްގެ 4 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން އިސްވެ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ދިވެހީންގެ ކާނާގެ ޔަގީންކަމާއި، ދިވެހީންގެ އާމްދަނީ ވަރަށް ބޮޑަށް ބަރޯސާވެފައިވާ ވަޞީލަތެއްގެ ގޮތުގައި ކަނޑުތައްވެފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެފްއެފްޑީ4 ގެ ހަވާސާގައި ބޭއްވި އެ ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖޭގެ ކަނޑުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާމްދަނީ ހޯދުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއްކަން ފާހަގަކުރައްވާފައެވެ.
”ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ކަނޑުތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ޔަގީންކުރަން ޖެހޭ“ ނައިބު ރައީސް ވިދާޅުވެފައި ވެއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ ކޮރަލް ބްލީޗިންގ ނުވަތަ ގައު ހުދުވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ 14 ވަނަ ލަނޑުދަނޑި، ކަނޑު އަޑީގެ ދިރުންތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް އެކަށީގެންވާ ހޭދައެއް ނުކުރެވޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.




