ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން އާރޓް ކްލާހެއް ކްލާސްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ސޯޝަން އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނީ މިއީ ހުޅުމާލެ ނާދީ އާއި އާރޓީ ފިންގާސްއާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން މި އާރޓް ކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަންގާރަ ދުވަހެއްގައި ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައެވެ.
އެ މިނިސްޓްރީން ވަނީ މި ކުލާހުގައި ބައިވެރިވުމަށް ހުޅުމާލެ ނާދީގެ ނަންބަރު 3027587 ގުޅައި ނަންނޯޓް ކުރުމަށް އެދިފައެވެ.
އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.



