ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދިއްދޫގައި ތަރައްޤީކުރާ ލައިސެންސް ޓްރެކްގެ %90 މަސައްކަތް ނިމިފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
އާރްޑީސީން މިހެން ބުނެފައި ވަނީ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައެވެ.
އާރްޑީސީން ކުރި ޕޯސްޓުގައި ބުނީ ހއ. އަތޮޅު ކައުންސިލުގެ އެދުމުގެމަތިން ދިއްދޫގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސެންސް ނެގުމަށް ހަދާ ޓްރެކްގެ %90 ނިމިފައިވާ ކަމަށެވެ.
މިއީ އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.




