އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މިޔުޒިކް ޕްރޮޑިއުސަރ ޝޯން ލަވް ކޯމްބްސް (ޑިޑީ) ގެ މައްޗަށް ކޮށްފައިވާ ހިއުމަން ޓްރެފިކިންގާއި ބިރު ދައްކައިގެން ޖިންސީ ގުޅުން ހިންގުވަން އުޅުނު މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމައިފިއެވެ.
ހިއުމަން ޓްރެފިކިންގާއި ރޭޕްފަދަ ބޮޑެތި ތުހުމަތުތަކެއް ޑިޑީގެ މައްޗަށް އުފުލާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަަށް މިދިޔަ އަހަރުގެ މާރިޗް މަހު އޭނާ ފުލުހުންގެ ބެލުމުގެ ދަަށަށްވެސް ގެންދިޔައެވެ.
ތުހުމަތުތަކާ ގުޅިގެން ޑިޑީ ފުރަތަމަ ފަހަރަށް އެމެރިކާގެ މެންހެޓަންގައި ހުންނަ ކޯޓަަށް ހާޒިރުކޮށްފައިވަނީ މިއަހަރުގެ މާރިޗް މަހު ގައެވެ. އެ އަޑުއެހުމުގައި އޭނާގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައިވެއެވެ. އޭގެތެރޭގައި ރޭޕްއަައި ހިއުމަން ޓްރެފިކިންގެ ދައުވާވެސް ހިމެނެއެވެ.
މައްސަލައިގެ އަޑުއެހެންތަކުގައި ގިނަ އަދަދެއްގެ ހެތްކާއި ހެކިވެރީންގެ ބަޔާންތައް ހުށަހަޅާފައިވެއެވެ. ގިނަ މައްސަލަތަކާ ގުޅޭގޮތުން ގިނަ އަދަދެއްގެ ހެކިތައް ޑިޑީއާ ދެކޮޅަށް ހުރި ނަމަވެސް ކޯޓުން އިއްޔެ އިއްވާފައިވަނީ ތަފާތު ހުކުމެވެ.
ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ސާބިތުވަނީ އެންމެ މައްސަލައެއް ކަމަށާއި އެއީ ބަޔަކު ހަށިވިއްކަން މަސައްކަތް ކުރުމުގެ މައްސަލަ ކަމަަށެވެ. އެންމެ ސީރިއަސް މައްސަލަތައް ކަމަށްވާ ޓްރެފިކް ކުރުމާއި ގަދަކަމުން މީހުންނަށް ބިރުދައްކައިގެން ޖިންސީ ގުޅުން ހިންގުވަން އުޅޭ މައްސަލަތައް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ އަންގާފައެވެ.



