އިސްލާމިކް މިނިސްޓްރީ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގްނެ އެ ކައުންސިލުގެ ޤުރުއާން މުބާރާތް ބާއްވައިފިއެވެ.
މި މުބާރާތަކީ ފުވައްމުލައް ސިޓީގެ ދަރީންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަތިވެރި މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ބާއްވައިފައި ވަނީ މިދިޔަ ޖޫން މަހުގެ 23އިން 26ވަނަ ދުވަހުގެ ނިޔަލަށެވެ.
ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ޤުރުއާން ކުލާސްތަކާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވައިލައިގެން ބޭއްވި މިމުބާރާތުގައި، މި އަހަރު ހަތް ސްކޫލާއި ތިން ޤުރުއާން ކްލާހަކާއި ޖަމިއްޔާއަކުން ޖުމްލަ 233 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން މި އަހަރުގެ މުބާރާތުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ ގޮތްޕެއް ވެސް ވަނީ ހިމަނައިފައެވެ. މި ގޮފީގައި 28 ދަރިވަރުން ވާދަކޮށްފައިވެއެވެ.
ދެ ގުރޫޕަކަށް ބަހައިލައިގެން ބޭއްވި މި މުބާރާތުގެ ޖޫނިއަރ ގްރޫޕްގައި ހިމެނެނީ ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް 1، 2ގެ ދަރިވަރުންނެވެ. ސީނިއަރ ގްރޫޕްގައި ހިމެނެނީ ސާނަވީ (ކީ ސްޓޭޖް 3، 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) ވަކީން ދެ ގްރޫޕެއްގެ ގޮތުގައެވެ.
މިއަހަރުގެ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރި މުޙައްމަދު ތައުފީޤް ޢަލީއާއި އަލްޤާރީ މުޙައްމަދު ވަޙީދާއި އަލްޤާރީ އަޒްލީނާ އިބްރާހިމެވެ. މުބާރާތުގެ އިސްފަނޑިޔާރުގެ ގޮތުގައި ފަނޑިޔާރުކަން ކުރެއްވީ އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީއެވެ.
މި މުބާރަތަކީ ދީނީ ކަންކަމަށް އެހީވާ ފަންޑުގެ އެހީތެރިކަމާ އެކު، ކުރިއަށް ގެންދިޔަ މުބާރާތެކެވެ.




