ނަމާދަށް ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީ އިން މިއަހަރު ފަށާފައިވާ ”ނަމާދު މަތިވެރިކުރުން“ ޕްރޮގުރާމު މ. ކޮޅުފުށީގައި ކުރިއަށް ގެންގޮސްފި އެވެ.
އިސްލާމިކް މިނިސްޓްރީ އާއި ކޮޅުފުށި ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގެ ސެޝަންތައް ނަންގަވައިދެއްވީ އައްޝައިޚް މުޙައްމަދު ޝާހިދު ޣާލިބު އެވެ.
އެގޮތުން ކޮޅުފުށި ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ވަނީ މި ސެޝަންތައް ބާއްވާފަަ އެވެ.
ނަމާދު މަތިވެރިކުރުން ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ގިނަ ޕްރޮގުރާމުތަކެއް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދަމުންނެވެ.




