ފާއިތުވީ ހަ މަސް ތެރޭގައި އިދިކޮޅު އެމްޑީޕީއަށް އިތުރުވީ 10 މެންބަރުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފެށުނުއިރު އެމްޑީޕީގައި ތިބީ 52،142 މެންބަރުންނެވެ. ނަމަވެސް އޭގެ ފަހުން މެންބަރުން މަދުވެ، މިހާރު އެ ޕާޓީގައި ތިބީ 43،755 މެންބަރުން ކަމުގައި އިލެކްޝަންސްއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާފައިވެއެވެ.
ފާއިތުވީ ހަ މަސް ދުވަސް ތެރޭގައި އެމްޑީޕީއަށް އެންމެ 10 މެންބަރުން އިތުރު ވެފައިވީނަމަވެސް، އެ ޕާޓީ އޮތީ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އަަދިވެސް އޮތީ ޕީއެންސީ އެވެ. އެ ޕާޓީގައި 68،665 މެމްބަރުން އެބަ ތިއްބެވެ.
އީސީގެ ހިސާބުތަކުން ދައްކާ ގޮތުގައި އެހެން ޕާޓީގެ މެންބަރުން ތިބި އަދަދު:
– ޖުމްހޫރީ ޕާޓީ – 13،456
– މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް – 9،011
– އަދާލަތު ޕާޓީ – 8،844
– މޯލްޑިވްސް ނޭޝަނަލް ޕާޓީ – 5،836
– ދަ ޑިމޮކްރެޓްސް – 3،547
– މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް – 2،272



