އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ ފުރަތަމަ ޕެނަލް ޑިސްކަޝަންގައި، މިނިސްޓަރ އޮފް އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހީމް ވަޙީދު ބައިވެރިވެވަޑައިގެންފިއެވެ.
މި ޕެނަލް ޑިސްކަޝަން ބާއްވާފައި ވަނީ މޮރޮކޯގެ މަރާކިޝްގައެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕެނަލް ޑިސްކަޝަންގެ މައިގަނޑު މައުޟޫއަކީ ”ޔޫތު އާފްޓާ ދަ ކޮވިޑް-19 ޕެންޑަމިކް: ޕްރިއޯރިޓީސް އެންޑް އެކްސްޕެކްޑޭޝަންސް“ މި މައުޟޫ ކަމަށެވެ.
މި މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވަމުން ޔޫތު މިނިސްޓަރ ވަނީ، ކޯވިޑް-19 ބަލިމަޑުކަމުން ރާއްޖެއަށް އަރައިގަނެވުނު ކާމިޔާބުކަން ފާހަގަކުރައްވާފައެވެ.
އަދި ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމު އެއްބައިވަންތަކަމާއެކު މަސައްކަތްކުރި ގޮތް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މި ޕެނަލް ޑިސްކަޝަންގެ ކުރިން މިނިސްޓަރ ވަނީ މޮރޮކޯގެ ޒުވާނުންގެ މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލްއާ އެކު އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ އިސް ވަފުދާ ބައްދަލުކުރައްވާފައެވެ.




