އީރާނާއެކު އެމެރިކާ އިން ކުރިއަށްގެންދާ ނިއުކްލިއާ މަޝްވަރާތައް އަލުން ފަށަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ މީޑިއާ އަކީ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމާއި ގުޅޭގޮތުން އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އީރާނުގެ ޚާރިޖީ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
އެގޮތުން އެ މަޝްވަރާތައް އަލުން ފެށުމަށް އަންނަ ހަފްތާގައި އަވިޓްކޯފް، އަރަގްޗީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ މީޑިއާ އަކާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް އަދި އެ ބައްދަލުވުން ބާއްވާނެ ވަކި ތާރީހަކާއި ތަނެއް ކަށަވަރު ކޮށްފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އިސްރާއީލު ސަރުކާރުން އީރާނުގެ ނިއުކުލިއާ ފެޝިލީޓީތަކަށް ހަމަލާދީ މިދިޔަ ޖޫން މަހު ވަނީ 12 ދުވަސް ވަންދެން ހަނގުރާމައެއް ކުރިއަށް ގެންގޮސްފައެވެ.
އެމެރިކާ އިން އެކަމަށް ނުފޫޒު ފޯރުވައި އީރާނުގެ ނަޓަންޒް، ފޯޑް އަދި އިސްފަހާންގެ ތިން ނިއުކްލިއާ ފެސިލިޓީއަކަށް އަސްކަރީ ހަމަލާތައް ދީފައި ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ.
އެމެރިކާގެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ސިފައިން ވަނީ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ ގަތަރުގައި ހުންނަ އަލް އުދީދު ވައިގެ މަރުކަޒަށް މިސައިލް ހަމަލާދީފަ އެވެ.



