ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ފުރަތަމަ ފަހަރަށް އެއްކޮށް ދިއްލާލައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ އެއާޕޯޓުގެ އައު ޓާމިނަލުގެ ފޮޓޯ ހިއްސާކޮށްފައެވެ.
އެ ޕޯސްޓު ހިއްސާކޮށް ވިއައިއޭ އިން ބުނީ އެ އެއާޕޯޓުގެ އާ ޓާމިނަލް ފުރަތަމަ ފަހަރަށް އެއްކޮށް ނަމާއެކު ދިއްލާލާފައިވާ ކަމަށެވެ.
ވީއައިއޭގެ އާ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައި ވަނީ މި މަހު ފާހަގަ ކުރާރާއްޖޭގެ 60ވަނަ މިނިވަން ދުވަހުއެވެ. އެ އެއާޕޯޓުގެ އާ ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހިމެނޭހެންނެވެ. އެގޮތުން އެއިރޯ ބޯޑިން ބުރިޖުތަކާއި އެންމެ ފަހުގެ ޒަމާނީ ބެގޭޖު ހޭންޑްލިން ސިސްޓަމްތައް އެ ޓާމިނަލްގައި ހުންނާނެއެވެ.




