ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ނޯތު ޑްރަގް އޮޕަރޭޝަން އަދި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން 2025 ޖުލައި 3 ވަނަ ދުވަހު ހއ. ދިއްދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ލިލީމާގެ / ހއ.ދިއްދޫ، އިރުފާޙު ޝަފީޤު (25އ) އެވެ.
އިރުފާޙު ޝަފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ
މި މައްސަލަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.




