އިސްރާއީލުން ލުބުނާނުގެ ދެކުނަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލުބުނާނުގެ ދެކުނަށް އިސްރާއީލުން ހަމަލާ ދީފައިވަނީ މިއަދުއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނަށް ހަތަރު ވައިގެ ހަމަލާއެއް ދީފައެވެ.
އިސްރާއީލުން ވަނީ މިއަދު ލުބުނާނުގެ ދެކުނުގެ ބިންތު ޖުބެލް ޑިސްޓްރިކްޓްގައި އާންމުން ދަތުރުކުރަމުން ދިޔަ ވެހިކަލަކަށް އަމާޒުކޮށް ހަމަލާދީފައެވެ.
އެ ހަަމަލާގައި އާންމުންގެ އެކަކު ޝަހީދުވެ، އިތުރު ދެ މީހަކު ވަނީ ޒަހަމްވެފައެވެ. އޭގެ ފަހުން ހަސްބަޔާ ޑިސްޓްރިކްޓްގައި ހުންނަ ޝެބާ އަވަށުގެ މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު ވަނީ ޝަހީދުކޮށްލާފައެވެ.
މީގެ އިތުރުން ލުބުނާނުގެ ދެކުނުގައި ހިންގި އޮޕަރޭޝަނެއްގައި ހިޒްބުاللهގެ މެމްބަރަކު ޝަހީދުކޮށްލާފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.



