ޣިޔާސުއްދީން ސްކޫލްގެ 70 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ޗެރިޓީ އިވެންޓެއް ކުރިއަށް ގެންގޮސްފިއެވެ.
މި އިވެންޓް ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޢާއިލީ ތަރައްޤީއާބެހޭ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމްއެވެ.
މިއީ ދަރިވަރުންގެ އުފެއްދުންތެރިކަން ތަރައްޤީކޮށް، އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅައިލުމުގެ ސިފަ އަށަގެންނެވުމުގެ މަޤްޞަދުގައި ބޭއްވުނު ހަރަކާތެކެވެ.
މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ފިޔަވައްޗަށެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ވަނީ މިކަން ހާމަކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އިސްނަންގައިގެން މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވާތީ، އެ މިނިސްޓްރީގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.




