ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމަށް ހިތްވަރުދިނުމަށް ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ”ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން“ މިއަދު ފަށައިފި އެވެ.
އެ ކެމްޕެއިން ކުރިއަށްގެންދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ.
މި ކެމްޕޭނުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 39 އަންހެން ކަނބަލުން ބައިވެރިވެއެވެ.
އެ އިދާރާއިން ކުރި ޕޯސްޓެއްގައި ބުނީ މިއީ އޮސްޓްރޭލިއާ ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ކުރިއަށް ގެންދާ ކެމްޕެއިނެއް ކަަމަށެވެ.
އެގޮތުން މި ކެމްޕެއިންގެ ބޭނުމަކީ އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި އެހީތެރިވުން ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އަދި އޭގެ ބޭނުމަކީ އަންހެނުންނަށް ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުން ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.




