ހުރިހާ ކްލަބެއްގެ ތާއީދާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމަށް ކުރިމަތިލާން އަހްމަދު ތާރިގު (ޓޮމް) ކެންޑިޑެންސީ ފޯމު މިއަދު ހުށައަޅައިފިއެވެ.
އެފްއޭމްގެ ޖުމްލަ 23 ކްލަބެއްގެ ތާއީދު އެފްއޭއެމްއަށް ވަނީ ލިބިފައެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ރިކޯޑެކެވެ.
ރައީސް ކަމަށް ވާދަކޮށް ޓޮމް ހުށަހަޅާފައިވާ އެކްސްކޯ މެންބަރުންނަކީ:
– ރައީސް: އަހްމަދު ތާރިޤް
2- ސ. ވީޕީ: އަލީ އިބްރާހިމް (ނިއު)
3- ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)
4- ވީޕީ: މުޖުތަބާ ޖަލީލް (ނިއު)
5- އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)
6- މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)
7- އަޙްމަދު އައްބާސް (ޓީސީ)
8- އަލީ ރިޒްވާން (ބީޖީ)
9- އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު
10 އަންހެން މެންބަރު: ހައްވާ ރަޝީދާ
11- އަބްދުﷲ ނާސިޙް (އޮޑި)
ހުރިހާ ކްލަބެއްގެ ތާއީދާ އެކު ކުރިމަތިލުމުން ދެން އިތުރު ކެންޑިޑޭޓަކަށް ފުރުސަތެއް ނެތެެވެ. އެހެންކަމުން މި އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލާނެ ހަމައެކަނި ކެންޑިޑޭޓަކަށް ޓޮމް ވާނެއެވެ.
އެފްއޭއެމްގެ އިންތިހާބަށް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކެނޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި، ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އާއި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފްސީލް ހިއްސާ ކުރަން ޖެހެއެވެ.
އެހެންކަމުން ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ، އަދި އެފަދަ މައްސަލަތަކުގެ ޝަރީއަތްތައް މިހާރު ވެސް ހިނގަމުން އަންނަ، އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މި އިންތިހާބުގައި ވާދަ ކުރުމުގެ ހުރިހާ ދޮރެއްވަނީ ބަންދުވެފައެވެ.




