ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން، ބޭއަދަބީ އަމަލުތައް ހިންގަމުންދިޔަ މުޙައްމަދު ނަބީލް (ޔާޔާ)، ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށްލާން ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި، ޑްރަގް ޓްރެފިިންގެ ކުށް ސާބިތުވެފައިވުމާއެކު އުމުރަށް ޖަލަށްލުމުގެ އިތުރުން ޔާޔާ ވަނީ 100،000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ. ނަމަވެސް މައްސަލައިގެ ހުކުމް ލިބިފައިނުވާތީ، މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.
ޔާޔާ ވަނީ މީގެކުރިންވެސް އެކި ފަހަރު މަތިން ހައްޔަރު ކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރު ޓިކްޓޮކްގައި ބަރަހަނާވި މައްސަލައެއްގައި ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި އެއް މަހަށް އޭނާ ޖަލަށް ލާން ވެސް ހުކުމް ކޮށްފައެވެ. އެފަހަރު ހުކުމް އައީ އޮރިޔާން ކާޑު ހެދުމުގައި ކުށާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގަ އެވެ.
އޭގެ ފަހުން މިނިވަންވުމަށްފަހު ވެސް ޔާޔާ ވަނީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ބޭއަދަބީކޮށް އުޅެފައެވެ. އޭނާގެ އެފަދަ އަމަލުތަކާމެދު ފިޔަވަޅެއް ނާޅާ ހުރުމުގެ ސަބަބުން، ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުންފާޅު ކޮށްފައެވެ.




