ތިނަދޫ ސިޓީގައި ލޯންޗެއް ކޮންޓްރޯލު ނުވެ ޖެޓީގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތިނަދޫ ފެރީ ޓާމިނަލްގެ ޖެޓީއަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލު ނުވެގެން ގޮސް، ޖެޓީގައި އެކްސިޑެންޓެއް ވެފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 1:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ލޯންޗުގައި ތިން އަންހެނަކާއި 1 އަހަރުގެ ތުއްތުކުއްޖަކާއި ކެޕްޓަން އަދި ފަޅުވެރިޔާ ހިމެނޭހެން ޖުމްލަ 6 ފަރާތެއް ދަތުރު ކުރިކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ 2 ފަސިންޖަރަކަށާއި ކެޕްޓަނާއި ފަޅުވެރިޔާއަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަނިޔާވި 4 މީހުންނަށް ޑރ. އަބްދުލްސަމަދު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.




