ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އިތުރު މަސައްކަތްތަކެއް ކޮށްފިއެވެ.
އާރްޑީސީން މިއަދު ހާމަކުރި ގޮތުގައި ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އާކުރި މަގުގައި ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމާއި، ހޮޅި އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން މަގު ލެވެލް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގައި އާރްޑީސީން ބުންޏެވެ.
މިހާތަނަށް އާރްޑީސީން ކުޑަހުވަދޫގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ވަނީ، އެރަށުގެ އާކުރި މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކޮށްފައެވެ.
މީގެއިތުރުން ކޭބަލް ޖަންކްޝަން ހޮޅި އެޅުމުގެ މަސައްކަތާއި، އެރަށު މޫނިމާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް އާރްޑީސީން މިދިޔަ މަހު ވަނީ ކޮށްފައެވެ.
ކުޑަހުވަދޫއަކީ 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ.



