ޙަޟާރަތްތަކާ ގުޅޭގޮތުން ބާއްވާ ނީޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މިކަމާ ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ނީޝަން ފޯރަމްގައި ބައިވެރިވެ މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށާއި އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނާއެކު ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކުރެވޭނެކަމަށެވެ.
މިއީ 11 ވަނަ ނީޝަން ފޯރަމެވެ. މި ފޯރަމް މިފަހަރު ބޭއްވުމަަށް ހަމަޖެހިފައިވަނީ ޗައިނާގެ ޝޭންޑޮންގް ޕްރޮވިންސްގެ ޤޫފޫ ސިޓީގައެވެ.
މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 9 އިން 10 ވަނަ ދުވަހަށެވެ. މި ފަހަރުގެ ފޯރަމްގައި ޙަޟާރަތްތައް އުފެދުނު ގޮތާއި ކުރިއަށް އޮތްތަނުގައި ކުރިއަރާ ދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގައި 800 އަށްވުރެ ގިނަ ތަޖުރިބާކާރުންނާއި ޢިލްމުވެރިން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.




