ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންގެ ތެރެއިން އާންމު މެންބަރުކަމަށް 8 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އެ މަގާމަށް ކުރިމަތިލާން މަޖިލިސް އިދާރާއިން މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާނު ކުރީ، މިހާރު އެ މަގާމުގައި ހުންނެވި ޑރ. އާމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާއްމު ފާތިމަތު ނިއުޝާ ވަނީ އެ މަގާމަށް އެދި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިއްވައިފައެވެ.
އެ ބޭފުޅުންނަކީ:
° އަލްއުސްތާޛު އިބްރާހީމް ޒާހިދު، ލިލީމާގެ/ ގދ. ވާދޫ
° އަލްއުސްތާޛު އަހުމަދު އަލީ، ހމ. ފްލެޓް ނަންބަރު 01-ޖީ-108
° އަލީ އާމިރު، މއ. ޕެންޒީވިލާ
° އިދްރީސް ފައުޒީ، ފަހިވާގެ/ ލ. ކަލައިދޫ
° އަލްއުސްތާޛު އަހުމަދު ޝާފިއު، އުދަރެސް/ ހއ. އިހަވަންދޫ
° ޑރ. ހުސައިން ފާއިޒް، ދަފްތަރު ނަންބަރު 1325
° އަލްއުސްތާޛު ހަސަން ވަހީދު، ރަންކޮކާގެ/ ހދ. ކުރިނބީ
° ޢަލީ މުޙައްމަދު މަނިކު، ދަފްތަރު ނަންބަރު ރސ 1851
ޖޭއެސްސީ މެންބަރުކަމަށް ބޭފުޅަކު އައްޔަނުކުރާނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓުންނެވެ.




