ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ ށ. މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަންޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ.
އަދި އެކަމުގައި ޝާމިލުވާ ފުލުހުންތައް މާލެ ގެނެސް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑްސްއިން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށްވެސް ފުލުުހުން ބުނެފައި ވެއެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.



