ބޮލީވުޑްގެ މަަޝްހޫރު އެކްޓްރެސް އާލިއާ ބަޓް އަށް އޮޅުވާލައި، މަކަރު ހަދައިގެން އޭނާ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި، އާލިއާގެ ކުރީގެ އެސިސްޓަންޓް ވޭދިކާ ޕްރަކާޝް ޝެޓީ ހައްޔަރު ކޮށްފިއެވެ.
އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ވޭދިކާ ވަނީ 2022 ވަނަ އަހަރުން ފެށިގެން 2024 އާ ހަމައަަށް އާލިއާ އާއެކު މަސައްކަތް ކޮށްފައެވެ. އެގޮތުން އާލިއާގެ މީޓީންގްތަކާއި، ދަތުރުތައް ބެލެހެއްޓުމުގެ ކަންކަން ކޮށްފައިވަނީ ވޭދިކާ އެވެ.
އެ ދުވަސްކޮޅު އޭނާ ވަނީ ފޭކް ޑޮކިއުމަންޓުތަކެއް ހަދައި، އާލިއާ ލައްވައި ސޮއިކޮށް، އާލިއާ އަތުން 77 ލައްކަ ރުޕީސް ވަގަށް ނަގާފައެވެ.
ވޭދިކާ ހައްޔަރު ކުރީ އާލިއާގެ މަންމަ އެ މައްސަލަ ފުލުހަށް ހުށަހެޅުމުން، ރާޖަސްތާނުގައި އޭނާ ފިލާ ހުއްޓައެވެ.



