ޖުމްލަ 28 ރަށެއްގެ ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އިއުލާނު ކޮށްފިއެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، އެސްޖީން ހޯދަމުން އަންނަނީ ދެ ލެވެލެއްގައެވެ.
އޭގެ ތެރެއިން އެއް ލެވެލްގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 16،100 ރުފިޔާ އަދި އަނެއް ލެވެލްއަށް 15،285 ރުފިޔާގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސް ލިބެއެވެ. މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.
ސީއެސްސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓު ދޭނެ އެވެ.
އެސްޖީން ހޯދަމުން އަންނަ ކައުންސިލުތަކަކީ:
– ހއ. ތަކަންދޫ ކައުންސިލް
– ހދ. ހިރިމަރަދޫ ކައުންސިލް
– ހދ. ނޮޅިވަރަންފަރު ކައުންސިލް
– ށ. ފޭދޫ ކައުންސިލް
– ށ. ފީވަށް ކައުންސިލް
– ނ. ހެނބަދޫ ކައުންސިލް
– ނ. ވެލިދޫ ކައުންސިލް
– ރ. ވާދޫ ކައުންސިލް
– ރ. ރަސްމާދޫ ކައުންސިލް
– ރ. މަޑުއްވަރީ ކައުންސިލް
– ރ. އިންނަމާދޫ ކައުންސިލް
– ބ. ފެހެންދޫ ކައުންސިލް
– ބ. ހިތާދޫ ކައުންސިލް
– އއ. ފެރިދޫ ކައުންސިލް
– އއ. ތޮއްޑޫ ކައުންސިލް
– އދ. ހަންޏާމީދޫ ކައުންސިލް
– ވ. ކެޔޮދޫ ކައުންސިލް
– ވ. ތިނަދޫ ކައުންސިލް
– ވ. ރަކީދޫ ކައުންސިލް
– ފ. ދަރަނބޫދޫ ކައުންސިލް
– ދ. ރިނބުދޫ ކައުންސިލް
– ތ. ގާދިއްފުށި ކައުންސިލް
– ތ. ތިމަރަފުށި ކައުންސިލް
– ލ. ދަނބިދޫ ކައުންސިލް
– ލ. މުންޑޫ ކައުންސިލް
– ގއ. ކޮލަމާފުށި ކައުންސިލް
– ގއ. ދެއްވަދޫ ކައުންސިލް



