ސެޕްޓެމްބަރު މަހުގެ އުމްރާއަށް ރަޖިސްޓަރީވުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ކުރި ޕޯސްޓެއްގައި ބުނީ ސެޕްޓެމްބަރު މަހުގެ އުމްރާގައި 12 ދުވަހުގެ ޕެކޭޖަކާއި 15 ދުވަހުގެ ޕެކޭޖެއް ކަމަށެވެ.
އަދި 12 ދުވަހުގެ ޕެޖޭކްގެ އަގަކީ 28،965 ރުފިޔާ ކަމަށް ބުނެފައި ވާއިރު 15 ދުވަހުގެ ޕެކޭޖްގެ އަގަކީ 29،965 ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
މިގޮތުން ނަން ނޯޓު ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9482292 ނުވަތަ 1435 އަށް ގުޅުމަށް ހައްޖު ކޯޕަރޭޝަނުން އެދިފައިވެއެވެ.
އުމްރާ ޕެކޭޖްގެ ދަށުން ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް:
އުމްރާ ވިސާ
އެއާލައިން ދެކޮޅު ޓިކެޓް
5 ލީޓަރުގެ ޒަމް ޒަމް ފެން ފުޅިއެއް
ލޮކޭޝަން ޓްރެކިންގް ޑިވައިސް
3 އުމްރާ
ފެންވަރު ރަނގަޅު ހޮޓަލެއްގައި ތިބުމުގެ އިންތިޒާމް
ބަގީގެ ހިދުމަތް
ލޯންޑްރީގެ ހިދުމަތް
މަދީނާ ދަތުރު ހައިސްޕީޑް ރޭލުގައި
24 ގަޑިއިރުގެ ކްލިނިކްގެ ހިދުމަތް
މީރު ދިވެހި ކެއުން
އުމްރާ ކިޓް (ފޮށި، އަތްދަބަސް، އިހްރާމް، އުމްރާ ދުއާ ކާޑް، އުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު، ޓޮއިލެޓްރީ ބޭގް)
މައްކާ އަދި މަދީނާގެ ޒިޔާރަތް ދަތުރު
ދީނީ އިލްމުވެރިންގެ ދަރުސްތަކާއި އިރުޝާދު
އުމްރާ ޓްރެއިނިންގް
އުމްރާ ވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
ހައްޖު ކޯޕަރޭޝަނުން އާންމު ކުރި ޕޯސްޓުގައި ބުނީ ސެޕްޓެންބަރު އުމްރާގެ ފޯމު ބަލައިގަތުމުގެ ސުންގަޑި އަކީ މި ފެށޭ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ކަމަށް ކަމަށެވެ.




