ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ރޯވެފައި ވަނީ ހުޅުމާލޭ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގައި ކަމަށެވެ.
އަދި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ ގުދަނުގައި ރޯވުމާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.



