ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު 28 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ މާލޭގައި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންއެއްގައި ގެއެއްގެ ތެރެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ހެންވޭރު ގެއެއް ބަލާ ފާސްކޮށް 214 ގްރާމުގެ މެތަފެޓަމިންއާއި 16870 ރުފިޔާއާއެކު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



