ފީނަން ފޭބި ޓޫރިސްޓަކު މި މަހުގެ 6ވަނަ ދުވަހު މަރުވެފައިވާކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.
އެމީހާ މަރުވި މައުލޫމާތު ލިބުމުން ނޫސްވެރިއަކު މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ އެކަން ޔަގީންކޮށްދީފައެވެ.
އެގޮތުން މީޑިއާ އޮފިޝަލު ބުނީ އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ފަރާތު ބޭރަށް ފީނަން އެރި އުޅުނު ފަތުރުވެރިއަކު މަރުވެފައިވާކަމުގެ ރިޕޯޓު މި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 12:28 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މަރުވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެނެކެވެ.




