ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ”އަހާ“ ފޯރަމް މި މަހުގެ 14 ވާ ހޯމަ ދުވަހުގެ ރޭ އޮންނާނެއެވެ.
މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ފޯރަމް އޮންނާނީ އެ ރޭ 9:00 ގައި ޓީވީއެމް އިމާރާތުގައެވެ.
މިފަަހަރުގެ ފޯރަމްގައި ބައްދަލު ކުރައްވަނީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިގް އިބްރާހިމް، ހައުސިންގް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އަދި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އެވެ.

މިނިސްޓަރުންނާ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް ”ޕީއެސްއެމް އެއާ“ މެދުވެރިކޮށް ސުވާލު ކުރެވޭނެއެވެ. އަދި ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއާ މެދުވެރިކޮށް ވެސް މިނިސްޓަރުންނާ ސުވާލު ކުރެވޭނެއެވެ.
މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ”އަހާ“ ސިލްސިލާގެ ދަށުން ބާއްވާ ފޯރަމެކެވެ.



