ފަތުރުވެރިންނަށް ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ކުންފުނިތަކުން އަހަރީ ރިޕޯޓް ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން އިތުރު މުއްދަތެއް ދީފިއެވެ.
”ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު“ގެ ދަށުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން، ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ތަންތަނުން ނިމިދިޔަ އަހަރުގެ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.
އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ހުށަހަޅާފައި ނުވާނަމަ، އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލު ކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާކަމަށް ޤަވާއިދުގައި ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ޖޫން 30 ގެ ކުރިން އެ ރިޕޯޓު ހުށަހަޅާފައިނުވާ ފަރަތްތަކަށް އިތުރު މުއްދަތެއް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެފަރާތްތަކަށް މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރިޕޯޓު ހުށަހެޅުމަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.




