ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ޗައިނާ ފްލެޓެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޗައިނާ ފްލެޓުގެ 94 ވަނަ ފުލެޓްގެ 2ވަނަ ފަންގިފިލާގެ 3ވަނަ އެޕާޓްމަންޓު ގައެވެ. އެތަނުގައި 11 ބިދޭސީން ދިރިއުޅޭ ކަމަށާއި އެތަނަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ސިފައިން ބުނެފައިވެއެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.
އަލިފާނުގެ މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެގޮތުން ސިފައިން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައިވާ ކޮޓަރި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.




