މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެ އިނާމަށް އެދި އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެމްއެމްސީން ބުނެފައި ވެއެވެ.
ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީން 14 ދާއިރާއަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ. އެއީ:
(1) ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
(2) އިޖުތިމާއީ ދާއިރާ
(3) ސިޔާސީ ދާއިރާ
(4) ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ
(5) ވިޔަފާރި އާއި އިގުތިސާދީ ދާއިރާ
(6) ކުޅިވަރުގެ ދާއިރާ
(7) ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
(8) ޑޮކިއުމަންޓްރީގެ ދާއިރާ
(9) ފީޗާ ރިޕޯޓުގެ ދާއިރާ
(10) ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
(11) ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
(12) އުންމީދީ ނޫސްވެރިޔާގެ އިނާމު
(13) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
(14) ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މީގެ އިތުރުން އެ އިނާމަށް ނަން ހުށަހަޅާ ފޯމާއި އަދި މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް އެމްއެމްސީން ކުރި އިއުލާނާއެކު ވަނީ އާންމުކޮށްފައެވެ.



