މާލޭގެ ބޮޑުތަކުރުފާނު މަގުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެއެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ސަރަހައްދުގައެވެ.
ފުލުހުން މީގެ ކުރިން މިރޭ ބުނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށާއި އެތަނުން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.




