ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވޯކްސް ނުވަތަ އާންމު ޚިދުމަތް ދިނުމަށް ގާއިމުކުރާ ޔުނިޓުތައް 15 ރަށެއްގައި ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުމާ ގުޅޭގޮތުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޚިދުމަތް ދޭނެ ޔުނިޓްތައް ގާއިމުކުރުމަަށް ރައީސް މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ގާއިމުކުރާނެ ރަށްތައް ކަނޑައަޅާފައިވާނެ ކަމަށެވެ.
އެގޮތުން އެ ހިދުމަތް ދޭން ނިންމާފައިވާ ރަށްތަކަކީ:
ހއ. ދިއްދޫ
ށ. ފުނަދޫ
ނ. މަނަދޫ
ރ. މާކުރަތު
ބ. އޭދަފުށި
ޅ. ނައިފަރު
ކ. ތުލުސްދޫ
އއ. ރަސްދޫ
އދ މަހިބަދޫ
ވ. ފެލިދޫ
މ. މުލި
ފ. ނިލަންދޫ
ދ. ކުޑަހުވަދޫ
ތ. ވޭމަންޑޫ
ގއ. ވިލިނގިލި
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މި ރަަށްތައް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބަލާފައިވަނީ އަތޮޅުގެ އަތޮޅު ކައުންސިލް ހިންގާ ރަށްރަށެވެ.




