ރާއްޖެ އާއި ސައުދީއާ ދެމެދު ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފިއެވެ.
އެކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢުއަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.
ސައުދީން ރާއްޖެއަށް އައު ސަފީރަކު ކަނޑައެޅުއްވީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
އެގޮތުން މިނިސްޓަރު ޝަފީޢު ވަނީ އައު ސަފީރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރާއި ސައުދީ ސަފީރު ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަދި ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.



