އދ.އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމުކުރަން މަހިބަދޫ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެގޮތުން މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ އދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
މި އެއްބަސްވުން ހަދާފައި ވަނީ އދ. އަތޮޅު ކައުންސިލް އިދާރާ އާއި މަހިބަދޫ ކުންފުންޏެއް ކަމަށްވާ މެޓްސް އާ ދެމެދުއެވެ.
މި އެއްބަސްވުމުގެ ދަށުން އދ. އަތޮޅު ކައުންސިލް އިދާރާގެ އައު އިމާރާތުގައި އިމިގްރޭޝަންގެ ގޮތްޕެއް ޤާއިމު ކުރުމަށް އޮފީހެއް ހަދާނެއެވެ.
މި ހިދުމަތަކީ އދ. އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމަނާ ބަޖެޓް ކޮށްފައިވާ ކަމެކެވެ. މި އޮފީސް ޤާއިމު ކުރެވުމުން އދ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް އަތޮޅުގައި ތިބެގެން ލުއިފަސޭހަ ކަމާއިއެކު ލިބޭނެ ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.



