ދައުލަތަށް އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އަދަދު %8.9 އިތުރުވެ، 20.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ، މި މަހުގެ 10ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދު ހިމެނޭ ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް“ އާންމުކޮށްފައެވެ.
އެގޮތުން އެ ރިޕޯޓުން ދައްކާ ގޮތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ އާމްދަނީގެ %76.3 އެވެ.
އެއީ:
° ގްރީން ޓެކްސް – 1.14 ބިލިއަން ރުފިޔާ: މިދިޔަ އަހަރު ލިބުނު 578.6 މިލިއަން ރުފިޔާއަށް ވުރެ %96.5 އިތުރު
° އެއާޕޯޓް ސާވިސް ޗާޖު – 928.5 މިލިއަން ރުފިޔާ: މިދިޔަ އަހަރު ލިބުނު 601.3 މިލިއަން ރުފިޔާއަށް ވުރެ %54.4 އިތުރު
° ރީއެކްސްޕޯޓް ރޯޔަލްޓީ – 179.4 މިލިއަން ރުފިޔާ: މިދިޔަ އަހަރު 99.6 މިލިއަން ރުފިޔާ
° ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް – 260.3 މިލިއަން ރުފިޔާ: މިދިޔަ އަހަރު 221.3 މިލިއަން ރުފިޔާއަށް ވުރެ %17.6 އިތުރު
ޓެކްސް ނޫން ގޮތުގައި ލިބިފައިވާ އާމްދަނީ:
° އެއާޕޯޓް ޑިވެލޮޕްމަންޓް ފީ – 940.8 މިލިއަން ރުފިޔާ: މިދިޔަ އަހަރު ލިބުނު 613.6 މިލިއަން ރުފިޔާއަށް %53.3 އިތުރު
° ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިސޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީ – 1.2 ބިލިއަން ރުފިޔާ: މިދިޔަ އަހަރު ލިބުނީ 1 ބިލިއަން ރުފިޔާ




