ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ މއ. ގްލާސްގެ / މާލެ، އިސްމާޢީލް މޫސާ (44އ) އެވެ.
ފުލުުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.
އިސްމާޢީލް މޫސާ އަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ފުލުހުން ވަނީ ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އޭނާ އަށް އަންގާ އިއުލާނުކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ހާޒިރުުކުރަނީ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށެވެ.
އެހެންކަމުން ފުލުުހުން ވަނީ އޭނާ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، 2025 ޖުލައި 23 ވަނަ ދުވަހުގެ 13:00 އަށް ހާޒިރުވުމަށް އަންގާ އިއުލާނުކޮށްފައެވެ.




