18 ކައުންސިލަކާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ޚިދުމަތުގައި ބޭނުންކުރާފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް ޙަވާލުކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، މި އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މި މަހުގެ 8ވަނަ ދުވަހާ ހަމައަށް ޖުމްލަ 18 ކައުންސިލަކާއި ފެރީ ޓާމިނަލްތަކާއި، ފެރީ ސްޓޮޕްތައް ޙަވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން 6 ރަށެއްގެ ކައުންސިލާ ފެރީ ޓާމިނަލް ޙަވާލުކޮށްފައިވާއިރު، 12 ރަށެއްގެ ކައުންސިލާ ވަނީ ފެރީ ސްޓޮޕްތައް ޙަވާލުކޮށްފައެވެ.
“ 12 ފެރީ ސްޓޮޕަކާއި 6 ޓާމިނަލެއް މިހާރުވަނީ މި ފެރީ ސްޓޮޕްތަކާއި ފެރީ ޓާމިނަލްތައް ނިސްބަތްވާ ރަށު ކައުންސިލްތަކާ ހަވާލުކުރެވިފައި،އެހެންކަމުން މި ފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް ބެލެހެއްޓުމުގެ ޒިންމާ ދެން އަދާކުރާނީ އެ ރަށެއްގެ ކައުންސިލުން“ އެމްޓީސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ހދ. ހަނިމާދޫ ކައުންސިލް
ހއ. ހޯރަފުށީ ކައުންސިލް
ހއ. އިހަވަންދޫ ކައުންސިލް
ށ. ބިލެތްފަހި ކައުންސިލް
ށ. ފުނަދޫ ކައުންސިލް
ހއ. ދިއްދޫ ކައުންސިލް
ފެރީ ސްޓޮޕްތައް ޙަވާލުކުރެވުނު ކައުންސިލްތައް:
ހދ. ފިނޭ ކައުންސިލް
ހއ. މުރައިދޫ ކައުންސިލް
ހހއ. މޮޅަދޫ ކައުންސިލް
ހއ. މާރަންދޫ ކައުންސިލް
ހއ. ތުރާކުނު ކައުންސިލް
ހއ. އުލިގަމު ކައުންސިލް
ށ. ފޭދޫ ކައުންސިލް
ށ. ކޮމަންޑޫ ކައުންސިލް
ހދ. ވައިކަރަދޫ ކައުންސިލް
ހދ. ކުމުންދޫ ކައުންސިލް
ށ. ގޮއިދޫ ކައުންސިލް
ހއ. ބާރަށު ކައުންސިލް
ފެރީ ސްޓޮޕްތަކާއި ޓާމިނަލްތައް އެމްޓީސީސީން ތަަރައްޤީކޮށްފައި ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ލުއިފަސޭހައަށްޓަކައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.



