މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ދިވެހި ސާފް ލީގު 2025 މ. މުލީގައި މިއަދު ފަށައިފިއެވެ.
މި މުބާރާތް ކުރިއަށްގެންދަނީ ސްޕޯޓްސް މިނިސްޓްރީއާއި މ. އަތޮޅު ކައުންސިލާއި، މުލީ ކައުންސިލުގެ އެހީތެރިކަމާއެކުއެވެ.
އެގޮތުން މި މުބާރާތް ކުރިޔަށްދާނީ މި މަހުގެ 16 އިން 19 އަށް މ. މުލީ، މުލީކޮޅު ރާޅުގަނޑުގައެވެ.
މިފަހަރުގެ މި މުބާރާތުގައި ޖޫނިއާ 18 އަހަރުން ދަށުގެ ފިރިހެން ޝޯޓް ބޯޑް އިވެންޓުގައި 21 އެތުލީޓުން ވާދަކުރެއެވެ.
އަދި މެންސް އޯޕަން ޝޯޓް ބޯޑް އިވެންޓުގައި 22 އެތުލީޓުން ވާދަކުރެއެވެ.




