މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ދިވެހި ފުލުހުނގެ ޚިދުމަތުން ހުޅުމާލޭގައި ފަށައިފިއެވެ.
ފުލުހުން ބުނީ މި ހަރަކާތް، އިއްޔެ ފަށާފައި ވަނީ ހުޅުމާލެ ފޭސް 1 ގައި ކަމަށެވެ. އަދި ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ހުޅުމާލެ ފޭސް 2 ގައި މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ހަރަކާތް ކުރިއަށްގެންދަނީ ހުޅުމާލެ އަވައްޓެރި ފުލުހުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.
އެގޮތުން މި ހަރަކާތުގައި، ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާއިރު އަދި އެކި ވަގުތު ތަކުގައި އެކި މަގުތަކަށް ފުލުހުން ނުކުމެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ފޯރުކޮށްދެމުންދާނެ އެވެ.
”އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދީ ތިމާއާއި އަނެކުންގެ ސަލާމަތަށް ބަލައިގެން އުޅަނދު ދުއްވުމަށް ބާރުއަޅައި އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދޭނެ“ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން، ދުވެލި މަޑުކުރުމަށާއި ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދިނުމަށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވެސް މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.


