ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަަހައްދުތަކުން ގަސްތައް ވެއްޓި ފުރާޅުއެއްލާލުން ފަދަ ހާދިސާތައް ހިނގައިފިއެވެ.
ބައެއް ސަރަހައްދުތަކަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯ ހިއްސާކޮށް ފުލުހުން މިއަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވާ ކަމުގެ ރިޕޯޓް ތަކެއް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދުތަކުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ރޭ ފަތިހުއްސުރެ މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި ވައިގަދަވެ ހުޅުމާލެ ފޭސް 2ގައި ހުރި ބަސް ސްޓޭންޑަކާއި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއް ވެއްޓި އެކިވަރުގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.




