މިއަދު މާލެއަށް އެރި ވައިގަނޑެއްގައި، ވެސްޓްޕާކް ސަރަހައްދުގައި ހުންނަ މާފަންނު ޕޮލިސް ސްޓޭޝަނުގެ ބިއްލޫރި ކުޑަދޮރެއް ވެއްޓިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަދަ ވަޔާއެކު މާފަންފު ޕޮލިސް ސްޓޭޝަންގެ ކުޑަދޮރެއް މިއަދު މެންދުރު 11:57 ހާއިރު ވެއްޓިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅިގެން، އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު ދަނީ ބަލަމުންނެވެ.




