ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40ވަނަ ބްރާންޗް ރ. ދުވާފަރުގައި މިއަދު ހުޅުވައިފިއެވެ.
ދުވާފަރުގައި ގާއިމްކުރި ބީއެމްއެލްގެ ބްރާންޗް ހުޅުއްވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ޑެޕިއުޓީ ސީއީއޯ އަދި ސީއޯއޯ ސަހާ ވަހީދު ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
ދުވާފަރުގައި ހުޅުވި ބްރާންޗުން ޚިދުމަތް ދޭނީ އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް އިސްކަންދީގެން ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ދުވާފަރުުގައި މިއަދު ހުޅުވި ބީއެމްއެލްގެ ބްރާންޗް ހިމެނޭހެން، 40 ބްރާންޗަކާއި 133 ސެލްފް ސާވިސް ސެންޓަރުތަކާއި 188 އޭޓީއެމްގެ އިތުރުން، އޭޖެންޓް ބޭންކިން ޚިދުމަތް ވެސް އެ ބޭންކުން ދެމުން ގެންދެއެވެ.
ބީއެމްއެލްގެ އެންމެ ފުރަތަމަ ބްރާންޗް ހުޅުވީ ވެރިރަށް މާލޭގައި 1982ވަނަ އަހަރުއެވެ. ބީއެމްއެލުން ބުނީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރާކަމަށެވެ.



