ދިގު 20 އަހަރު ކޯމާއެއްގައި އޮތުމަށްފަހު ސައުދީ އަމީރު އަލްވަލީދު ބިން ޚާލިދް ބިން ޠަލާލް ބިން ޢަބްދުލްއަޒީޒް އަލް ސައުދު އިއްޔެ އަވަހާރަވެއްޖެއެވެ.
ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ކޯމާއަކަށް ދިޔައިރު އަމީރު އަލްވަލީދުގެ އުމުރުފުޅުން 15 އަހަރެވެ. އޭގެ 20 އަހަރު ފަހުން އަވަހާރަވީއިރު، އުމުރުފުޅުން 35 އަހަރެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި މި އެކްސިޑެންޓު ހިނާފައިވަނީ 2005 ވަނަ އަހަރުގައެވެ. އަދި އެކްސިޑެންޓުގެ ސަބަބުން އަމީރު ވަލީދަށް ފަރުވާ ދިނީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
ދުނިޔޭގެ އެންމެ ނަން މަޝްހޫރު ޑޮކްޓަރުންނާއި ސައުދީގެ މެޑިކަލް ބޯޑުން އެއްވެ ވަނީ އަމީރަށް ފަރުވާދީ، ރަނގަޅު ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ސިކުނޑިއަށް ލިބުނު ބޮޑެތި ގެއްލުމުގެ ސަބަބުންނާއި އެތެރެހައްޓަށް ލޭ އެޅުމުގެ ސަބަބުން އެކްސިޑެންޓަށްފަހު ހޭ ނާރށ، އަމީރު އަލްވަލީދު ވަނީ ކޯމާއަކަށް ގޮސްފައެވެ.
ރިޕޯޓުތަކުން ބުނި ގޮތުގައި، އަމީރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން 20 ގަޑިއިރުވެސް ދުނިޔޭގައި އޭނާ އޮންނާނެކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލިއެވެ. ނަމަވެސް އޭގެފަހުން ވެސް ހިތުގެ ވިންދު ހުރުމުން، އަމީރު އަލުން ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑެވެ ގިނަ ބަޔަކު ދުޢާ ކުރިއެވެ.
އޭގެ 20 އަހަރު ފަސްވީއިރުވެސް ކޯމާއިން ހޭނާރާ އޮތުމުން، އަމީރު އަލްވަލީދަށް ދީފައިވާ ލަގަބަކީ ”ދަ ސްލީޕިންގް ޕްރިންސް“ ގެ ލަގަބެވެ. އަވަހާރަވީއިރުވެސް އަމީރު އޮންނެވީ ކޯމާގައެވެ.



