ރަޝިޔާއަށް ބާރުގަދަ 3 ބިންހެލުން އެރުމާ ގުޅިގެން ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ދީފިއެވެ.
ރަޝިޔާގެ ކަމްޗަޓްކާ ސަރަހައްދަށް މިއަދު ހެނދުނުގެ ވަގުތެއްގައިވަނީ 7.4 މެގްނިޓިއުޑްއާއި 6.7 އަދި 5 މެގްނިޓިއުޑްގެ ބިންހެލުމެއް ޖެހިޖެހިގެން އަރާފައެވެ. އެތަނުގެ އާބާދީގައި 160،000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.
ޔޫއެސްޖީއެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 7.4 މެގްނިޓިއުޑްގެ ބިންހެލުން 20 ކިލޯމީޓަރަށް (12 މޭލަށް) ދެމިގެންދިޔައެވެ.
މި ބިންހެލުންތަކުގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ނޭޝަނަލް ސުނާމީ ވޯނިންގް ސެންޓަރުން ވަނީ މި ބިންހެލުންތަކާ ގުޅިގެން ރަޝިޔާގެ އެކި ސަރަހައްދުތަކަށް ސުނާމީ އަރާފާނެކަމުގެ އިންޒާރު ދީފައެވެ.
މި ބިންހެލުންތަކާ ގުޅިގެން ހަވާއީ އަށްވެސް ސުނާމީ އަރާފާނެކަމުގެ އިންޒާރު މީގެކުރިން ވަނީ ދީފައެވެ. ނަމަވެސް ފަހުން އެ ސެންޓަރުން ވަނީ އެ އިންޒާރު އަނބުރާ ނަގާފައެވެ.




