ކުރީގެ އަނބިމީހާއަށް ބިރުދައްކައި، ބްލެކްމެއިލްކުރި މައްސަލައިގައި ހައްޔަރު ކުރި މީހާއަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
މި މައްސަލައިގައި މިދިޔަ އެޕްރީލް މަހު ހައްޔަރުކޮށްފައި ވަނީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަދި މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ހުއްދަނެތި ގޯތިގެދޮރަށް ވަނުމާއި، އޮރިޔާން ކާޑު ގެންގުޅުމާއި، ބިރުދެއްކުމުގެ ތުހުމަތެވެ.
މިގޮތުން ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތުގެ ތެރޭގައި ތަހުގީގު ފުރިހަމަކުރެވިފައިވާތީ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
އެހެންކަމުން އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.



