ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރު ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރަން ނިންމަވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިގޮތަށް ނިންމާފައި ވަނީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީ އިން ވަނީ މާދަމާ އިން ފެށިގެން އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރެއްވުމަށް ފުރުސަތު ދެއްވާފައެވެ.
ޖޭއެސްސީގެ މި ނިންމުމާ ގުޅިގެން މިއަދަކީ އުއްތަަމަ ފަނޑިޔާރުގެ މަގާމުގެ މަސްއޫލިއްޔަތު މުއުތަސިމު އަދާކުރައްވާނެ ފަހު ދުވަހެވެ.
އުއްތަމަ ފަނޑިޔާރުކަމުން އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން ނިންމެވިކަން ސިޓީއެއްގެ ޒަރީއާއިން ޖޭއެސްސީއަށް އެންގެވީ މިދިޔަ މެއި މަހުގެ 8 ވަނަ ދުވަހުއެވެ.




