މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަޙްމަދު އަދި ހޯމް މިނިސްޓަރު، ޢަލީ އިހުސާން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އަދި މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތްތަކުގައި އެ ދެ މިނިސްޓްރީން ގުޅިގެން މަސައްކަތްކުރުން ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
”މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ބޭނުންވާ ޤާނޫނާއި ޤަވާޢިދުތަކުގެ މައްޗަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވައިލެވިފައި އަދި ލޭބަރ އިންސްޕެކްޝަންގެ މަސައްކަތްތަށް ހަރުދަނާ އިންތިޒާމަކާއިއެކު ކުރިއަށްގެންދިޔުމަށް ދެ މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައި“ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި ހޯމް މިނިސްޓްރީން ވަނީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައެވެ.



