ރ. އަލިފުށީގައި ދިރިއުޅޭ ބިދޭސީންނަށް ގަވާއިދާ ހިލާފު ކަންކަން ކިޔައިދީ ނަސޭހަތް ދީފިއެވެ.
ފުލުހުން މިއަދު ބުނީ އަލިފުށީގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެއެވެ.
ފުލުުހުން ބުނީ އެ ސެޝަނުގައި ބިދޭސީން ރަށުގައި އުޅޭއިރު ވިސްނަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި ރަށުތެރޭގައި އުޅޭއިރު ބިދޭސީންގެ ފަރާތުން ފެންނަ ގަވާއިދާ ހިލާފު ކަންކަން ކިޔައިދީ އެ ކަންކަން ރަނގަޅު ކުރަން ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންތައްތަކުން ދުރުހެލިވެ ތިބުމަށާއި ރަށުތެރޭގައި އާންމުވަމުންދާ ކުށްތަކުން ދުރުހެލިވެތިބުމަށް ވެސް އެ ސެޝަނުގައި ބިދޭސީންނަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަަމަށް ފުލުހުން ހާމަކުރެެއެވެ.



